Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އޭސީޕީ ރިޔާޒަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

އޭނަ އިއްޔެ ޖެހިވަޑައިގަތް ހާޓްއެޓޭކާ ގުޅިގެން ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ރިޔާޒަކީ ކުރިން ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ދުރުކުުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.