Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އުރީދޫ "ފަން ރަން" ބާއްވައިފި

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" ލ. އަތޮޅުގައި ބާއްވައިފި އެވެ.

އުރީދޫ ފަން ރަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢުގެ އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އުރީދޫގެ އިސްވެރިންނާއި ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކާޗާ ވެސް ވަނީ މި ދުވުމުގައި ބައިވެރިވެފަ އެވެ.

މި ރަން ކުރިއަށް ގެންގޮސްފައިވަނީ 2،000 އަށް ވުރެ ގިނަ މީހުންނާއެކު އެވެ.

ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި މި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމުމުގެ ފުރުސަތު އޮވެ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ.