Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ދިވެހިރާއްޖެ އާ ދެކޮޅަށް އީޔޫ އިން ގަރާރެއް ފާސްކޮށްފި

ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ޕާލަމެންޓުން ދިވެހިރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރުގައި ވަނީ ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ހަމަނުޖެހުން ހުއްޓާލުމަށް ގޮވާލާފައެވެ.

ނަމަވެސް މި ގަރާރުގައި ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިނުވާއިރު ދިވެހި ސަރުކާރުގެ އިސްވެރިންގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށާއި ރާއްޖެއަށް ދަތުރުކުރުން މަނާ ކުރުމަށްވެސް ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މަރުުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާތީ އެކަން އީޔޫގެ ފަރާތުން ވަނީ ކުށްވެރިކޮށްފައެވެ.

މިގަރާރާއި ބެހޭގޮތުން މިހާރު ކުރިއަށްދާ ސަރުކާރު ކޯލިޝަނުގެ ޕްރެސް ކޮންފަރެންސްގައި މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވިގޮތުގައި އީޔޫގެ ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީން ބޭނުންވި ކަންކަން އުނިކޮށްގެން ކަމަށާއި އެ ގަރާރު ފާސްވީ ނިސްބަތުން ވަރަށް މަދު މެންބަރުންގެ ކޮޅެއްގައި ނަން ދެއްވައިގެން ކަމަށެވެ.

(އިތުރު ތަފްސީލް އަންނަނީ)