Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރީ އަބްދުލް ސަމީއު އިމާދުގެ އިތުރުން އައިޝަތު ހަމީދެވެ.

އެމްއެމްޕީއާރްސީގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝިއުރީ މިދިޔަ މަހުގެ ތެރޭގައި ވަނީ އައްޔަންކޮށްފި އެވެ. އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކުންފުންޏެވެ.