Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

ޖީއޭސީއެލްގެ ބޯޑް އަލުން އެކުލަވާލައިފި

އާ އަހަރާއި ދިމާކޮށް ރާއްޖެ ޒިޔާރަތްކުރި ބައެއް ފަތުރު ވެރިންގެ ޖެޓް ތައް، ގަމުގެ ވައިގެ ބަނދަރުގައި ޕާރކް ކޮށްފައި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އަލުން އެކުލަވައިލައްވައިފި އެވެ.

ބޯޑުގެ ޗެއަމަނަކަށް ހަމަޖައްސަވާފައި ވަނީ، ސ. ހިތަދޫ އަލްމާސް ޢަބްދުﷲ ތާހިރެވެ. މެނެޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ ސ. ހިތަދޫ ރިޔާޒް އަބްދުﷲ ޖަމީލެވެ.

ޖީއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ސ. ހިތަދޫ ފެއަލިން އިބްރާހީމް ޖަމާލާއި، ސ. ހިތަދޫ ގުލްފާމުގޭ ފާތިމަތު މުހައްމަދުދީދީ އާއި އަދި ހިތަދޫ މައިޒާންދޮށުގޭ އިބްރާހީމް ސައީދެވެ