Last Updated: July 7, 06:23
Monday, July 7, 2025
ސިޔާސީ

ހެކިންނަށް ޕީޖީ އިން ނުފޫޒު ފޯރުވާފައި ވޭ : މައުމޫން ހަމީދް

ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީއަތުގައި ހެކިބަސް ދިން ހެކިވެރިންނަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދް ވިދާޅުވި ގޮތުގައި އެކަން ހާމަވެގެން ދިޔައީ ޝަރީޢަތުގެ މަޖިލީހުގައި ކްރޮސް އެގްޒަމިނޭޝަން ހެދުމުގެ ތެރޭގައި ހެކިބަސް ދިން ބައެއް ފުލުހުންގެ ވާހަކަތަކުން ކަމަށެވެ.

ބައެއް ހެކިވެރިންނާއި ޕީޖީގެ ވަކީލުން 1 ފަހަރަށް ވުރެ ގިނަ ފަހަރުވެސް ބައްދަލުކޮށްފައިވާ ކަމަށް އެ ހެކިން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.