Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ސައިކަލްތަކެއްގައި ރޯކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރައްޔިތުންގެ މަޖިލިސް ކުރިމަތީ ޕާކިން ޒޯނުގައިހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރު މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ހާދިސާ ހިންގާގައި ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުގެ ރޭ މެންދަމު 03:03 އެހާކަންހާ އިރު އެވެ. އެ މައްސަލައިގައި ތުހުމަތުގައިި 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކުރީ މިދިޔަ މަހުގެ 6 ގަ އެވެ.

އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަރތަމަ ޖެހީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެއާ ހަމަވުމާ ގުޅިގެން ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.