Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ދޮޅު މިލިއަންގެ ވައްކަމުގައި އިތުރު ބަޔަކު ހައްޔަރަށް

މާލޭގެ އޮފީހަކުން 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ ވައްކަމާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި، ހަނދުވަރީގޭ އަބްދުﷲ ޖަމީލް، 33، އެވެ. އޭނަހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އެ ވައްކަމާ ގުޅިގެން ހައްޔަރުކުރީ އިތުރު ހަތަރު މީހަކެވެ. އެއީ 31، 34، 35 އަދި 38 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ނަމަވެސް ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވެ އެވެ.

ފުލުހުން ބުނީ އެޕްރީލް މަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައި ވަނީ މާލޭގެ އަލިހަވާ ބިލްޑިންގުގެ 8 ވަނަ ފަންގިފިލާގައި ހިންގަމުން އައި އަލިހަވާ ޓްރޭޑިން ކޮމްޕެނީގެ އޮފީހުން ކަމަށެވެ.