Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެއް މަސްތެރޭ ބަންކަރިންގެ ހިދުމަތް ފަށަނީ

އެއްމަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް އެސްޓީއޯ އިން ބޮޑު ދެ ޓޭންކަރު ގަނެ އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަސްޓަމާއި އިމިގްރޭޝަނާ އެކު ވެސް މި ހިދުމަތް ފެށުމަށްޓަކާ މަސައްކަތްތައް އެސްޓީއޯ އިން ކުރަމުންދާ ކަމަށާއި ބަންކަރިންގެ ހިދުމަތާ އެކު ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ބަންކަރިންގެ ހިދުމަތަށް ބޭނުންވާ 40 މީހުންގެ ވަޒީފާއަށް ކުރިމަތިލުމަށް މީގެ ތިން ހަފްތާ ކުރިން އެސްޓީއޯ އިން ހުޅުވާލާފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ސްޓޭޖަށް އަންނަން ވެގެން މައުލޫމާތު ނަގާލިއިރު މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެއް މަސް ދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން ޑޮލަރު ކަމަށާއި ބަންކަރިންގެ ހިދުމަތާ އެކު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.

"މިއީ އިކޮނޮމީ ޑައިވަސިފައި ކުރާ ގޮތަކީ. މުޅިން އާ 400 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަން ގާތްގަނޑަކަށް ރައުންޑްއޮފް ކޮށްލާއިރު ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ،" ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލްއާ އެކު މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ އެވެ.