Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރައީސް މާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވަނީ

ރައްޔިތުންގެ ހާލަތު ވީހާ ވެސް ގާތުން ބެއްލެވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ގެތަކަށް ޒިޔާރަތްކުރައްވަން ނިންމައިފި އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އެގޮތުން ރާވާލައިގެން މާލޭގެ އެކި ދާއިރާތަކުގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވައި، ކަންބޮޑުވުންތައް އައްސަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިކަން ކުރިއަށް ގެންދަވާނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"އެހެންވީމާ މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން ހަމަ މާލޭގެ ހުރިހާ ދާއިރާތަަކަށް ހަފުތާއަކު ދާއިރާއަކަށް ގެތަކަށް އަޅުގަނޑު ދާން ފަށާނަން،" ރައީސް ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މިކަން ފެށޭނެ."

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ތެރޭގައި ވެސް ކެންޑިޑޭޓުންނާ އެކީ ރައީސް މާލޭގެ ގެތަކަށް ޒިޔާރަތްކުރެއްވި އެވެ.