Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ގައިސް އާއި އިތުރު ބަޔަކު ހައްޔަރުކޮށްފި!

ގައިސް ހައްޔަރުކޮށްގެން ގެންދަނީ : ފޮޓޯ: ހަވީރު

"އަނިޔާވެރިކަން ނިންމުމަށް" މިހާރު ކުރިއަށްދާ މުޒާހަރާގައި ބައިވެރިވުމަށް އައްޑޫން ދިޔަ ޓީމުގައި ހިމެނޭ ގައިސް ނަސީރު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

މަސް މާރުކޭޓް ސަރަހައްދުގައި ހުރި "އައްޑޫލައިވް"ގެ ނޫސްވެރިއާ ބުނީ ގައިސް ހައްޔަރުކޮށްފައިވަނީ މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު އަނިޔާވެެރި ގޮތަކަށެވެ.

ގައިސް ހައްޔަރުކޮށްގެން ގެންދަނީ : ފޮޓޯ: ހަވީރު
ގައިސް ހައްޔަރުކޮށްގެން ގެންދަނީ : ފޮޓޯ: ހަވީރު

މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން ދިޔަ ޓީމުގެ ތެރެއިން އަދި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ގައިސް އެކަނިއެވެ.

މިރުޝާން ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: ހަވީރު
މިރުޝާން ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: ހަވީރު

ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ހިތަދޫ، އަލި، މިރުޝާން ސޯލިހް އާއި އެގޭ މިއުޝާރު ސޯލިހްވެސް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. އެގޮތުން މިއުޝާރު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ޝީލްޑަކުން ޖެހި މިއުޝާރުގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް "އައްޑޫލައިވް" ނޫސްވެރިއާ ބުންޏެވެ.
11210441_10153785048493625_8055499024546101240_n