Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެއާ ސާވިސް ކޮންގްރެސްގައި ޓްރެވެލް އެޖެންސީތަކެއް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފި އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ.

ކޮންގްރެސްގެ ޓްރެވަލް ޕާޓްނަރުންނަކީ:

* އޭވިއާ މޯލްޑިވްސް
* މާގިރި ހޮޓެލް
* ސްކައިޓުއަރސް މޯލްޑިވްސް
* ވިލާ ޓްރެވަލްސް
* މޯލްޑިވްސް ފްލައިޓް ސަޕޯޓް

އެއާ ސަވިސް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޮންގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިމަހު 10-11 އަށް ކުރިއަށް ދާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވާނެ އެވެ.

މި ކޮންފަރެސް ރާއްޖޭގައި ބޭއްވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން، ކުރުނބާ މޯލްޑިވްސް، ދިރާގު، ޓްރާންސް މޯލްޑިވިއަން އެއާވޭސް، އެމިރޭޓްސް އެއާލައިން، މޯލްޑިވިއަން އަދި ޓްރެވަލިއުޝަން މީޑިއާ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންގްރެސްވާ އެންޑޯސްމަންޓް ޕާޓްނަރުން:

* މިނިސްޓްރީ އޮފް ޓޫރިޒަމް
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
* މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
* މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

މި ކޮންގްރެެސްގެ އިތުރު އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝެރެޓަން މޯލްޑިވިސް އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގަ އެވެ. މި އިވެންޓު ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ. އެހެންކަމުން މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.