Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މިފްކޯ އިން މުވައްޒަފުން ވަކިކުރަން ފަށައިފި

ހަރަދުތައް ކުޑަކުރުމަށްޓަކައި މިފްކޯ އިން މުވައްޒަފުން ވަކިކުރަން ފަށައިފި އެވެ.

އެގޮތުން މިހާތަނަށް ކޫއްޑޫ އިން 30 އެއްހާ މުވައްޒަފުން ވަކިކޮށްފައިވާ އިރު، ކުންފުނީގެ އެކި ތަންތަނުން މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ މަސް ކުންފުނީގެ މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު މުވައްޒަފުން މަދުކުރަމުން އަންނަނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން މުވައްޒަފުން ވަކިކުރުމުގައި ހަޒިރީއަށް ފަރުވާ ކުޑަ، ވާނުވާ ނާންގައި ގިނަ ދުވަސްތަކެއް ވަންދެން ހާޒިރު ނުވާ މުވައްޒަފުންނަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ. ކަމަށް އިބްރާހިމް ސައީދު ވިދާޅުވިވި އެވެ.

"އޮންނަ އުސޫލާއި ގަވާއިދުގެ ތެރެއިން މިކަން ކުރަނީ." ސައީދު ވިދާޅުވި އެވެ.