Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޕީއެންއެފުން "ވަރަށް ފޯރި ގަދަ" ޖަލްސާއެއް ބާއްވަނީ

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރޮފްޓް (ޕީއެންއެފް) ގެ "ވަރަށް ފޯރި ގަދަ" ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ސެނެޓް މެންބަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ޕީއެންއެފްގެ އޮފީހުގައި ކަމަށެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވާހަކަ ދައްކަވާނެ އެވެ.

"ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދިނުން ވެސް އޮންނާނެ." މަލީހު ވިދާޅުވި އެވެ.

ޕީއެންއެފުން މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ވެސް ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި ވެސް ޔާމީން ވާހަކަ ދެއްކެވި އެވެ. އެ ރޭ ޔާމީން ވިދާޅުވީ މިހާރު އިދިކޮޅުގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އުރައްޕެއް ނެތް ކަމަށާއި މިހާރު ވަރުގަދަ އިދިކޮޅު ޕާޓީ އަކީ ޕީއެންއެފް ކަމަށެވެ.