Last Updated: August 12, 05:57
Tuesday, August 12, 2025
ޚަބަރު

ވިޔަފާރި ހިންގާ ބިދޭސީ ބޮޑެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ފުޅާކޮށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ރޭ ހިންގި އޮޕަރޭޝަނުގައި އޭނައާ އެކީ އިތުރު ބަޔަކު ވެސް އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން ވިޔަފާރި ހިންގުމުގައި އިސްކޮށް އުޅޭ މީހާއާ އެކީ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ހަތަރު މީހަކު އިމިގްރޭޝަމްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އެއީ ތިން ފިރިހެނަކާއި އަންހެނެކެވެ.