Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ބެޓްކުރާ ސައިޓްތައް ބްލޮކްކުރަން ފަށައިފި

ބެޓުކުރަން ބޭނުންކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް އެފަދަ ހަތަރު ސައިޓެއް ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅައިފައިވާ ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން "ކިރާ.ބެޓް" ކިޔާ ސައިޓެއް މިހާރު ވަނީ ބްލޮކްކޮށްފަ އެވެ.

ބެޓް ކުރާ ސައިޓްތައް ރާއްޖޭގައިި ބޭނުންކުރާ މިންވަރު މި ފަހުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. ހާއްސަކޮށް އެފަދަ ހަރާން ޕްލެޓްފޯމް ބޭނުންކޮށްގެން ފައިސާ ހޯދާ ޒުވާނުން ގިނަވަމުންދާކަން ފާހަގަކުރެވެ އެވެ. އަދި މިފަދަ ޕްލެޓްފޯމްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕްރޮމޯޓްކުރާކަން ވެސް ފާހަގަކުރެވެ އެވެ.

ބެޓްކުރާ ސައިޓްތައް ބްލޮކްކުރަން ފެށި އިރު، ބަރަހަނާ ސައިޓްތައް ވެސް ރާއްޖޭގައި ބްލޮކްކޮށްފައިވެ އެވެ.