Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ އާ ޗެއާޕާސަނަކަށް ގިޔާސް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ގިޔާސް މިއަދު އައްޔަންކޮށްފި އެވެ.

އޭނަ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) ގެ އިސް މަގާމެއްގަ އެެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނޫރައިން އަލީ ޖަނާހެވެ. އޭނަ މަގާމުން އިސްތިއުފާ ދެއްވީ މެއި މަހުގެ ތެރޭގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެމްއެމްޕީއާރްސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް ޝިއުރީ އެވެ.