Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިމްރާން އަށް ވަކީލަކު ހަމަޖެއްސޭނީ މަޝްވަރާ މަޖިލީހުން ނިންމުމުން: ޝަހީމް

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އަށް ވަކީލަކު ހަމަޖެއްސޭނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގޮތެއް ނިންމުމުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސަޢީދް ވިދާޅުވެއްޖެއެވެ.

ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ޝެއިޚް އިމްރާން އަށް ވަކީލަކު ހޯދުމުގައި އެހީތެރިވުމަށް އޭނާގެ އާއިލާގެ ފަރާތުން ވަނީ ޝަހީމް އަށް ގުޅުމުން ، ޝަހީމް ވިދާޅުވެފައި ވަނީ "ތިޔަ ކަމާއި ގޮތެއް ނިންމޭނީ ޕާޓީގެ މަޝްވަރާ މަޖިލީހުން ގޮތެއް ނިންމުމުން " ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ޑރ. ޝަހީމްގެ ބަހެއް ހޯދާލުމަށް ގުޅުމުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.