ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.
އެސްޓީއޯ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވިގެން ދިޔަ އެސްޓީއޯގެ އައު ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ. އެގޮތުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސް ގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖް ގެ ވަރަށް ގިނަ ތަކެތި މި ފާމަސީން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތް ފަރާތަށެވެ.