އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އެ އަދަދު ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓު ވޯޓުންނެވެ. މި ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވި އެވެ.
މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދު ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.