އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުވި އެއްވެސް މީހަކު ސަލާމަތްކޮށް ދިނުމަށް އެދިގެން ނުވާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ “…ރެލީގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރާ އެއްވެސް ފަރާތަކުން އަޅުގަނޑު ގާތު ސަލާމަތް ކުރަން އެހީތެރިވުމަށް ނުނުބާތީ،”
އަދާލަތު ޕާޓީ އިސްވެ ކުރި މުޒާހަރާގައި، އެޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި، އެމްޑީޕީގެ ޗެއަރ ޕާސަން އަލީވަހީދުގެ އިތުރުން ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
މުޒާހަރާގައި ބައިވެރި މީހުންގެ ތެރެއިން 193 މީހުން ހައްޔަރުކޮށްފައިވާ އިރު އައްޑޫެއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު ފުލުހުން ވަނީ ދޫކޮށްލާފައެވެ.