Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ (އެލްޖީއޭ) ބޯޑަށް އަތޮޅު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މި މަހުގެ 24 ގައި ބާއްވާ އިންތިހާބަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 އާ ހަމަށެވެ.

އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވެސް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާ ނަމަ މިއަދު މެންދުރު ފަހު 1:30 ގެ ކުރިން މެއިލް [email protected] އަށް ހުށަހަޅަން ޖެހެއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ 20 ވަނަ ދުވަހު އެވެ.