Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ކެނަބިސް ޓްރެފިކް ކުރި މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މާލެ/ހ. ރަތްކުންނާރުގެ، އާރިސް ޝިޔާމް، 30، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އާރިސް ކޯޓަށް ހާޒިރު ކުރަން ޖެހެނީ މާދަމާ ހެނދުނު 11:00 އަށެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.