Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި ހިތަދޫ ޒުވާނަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ހިތަދޫ ޒުވާނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ އެ އަވަށު ސްޕަންޖްގޭ އަހުމަދު ހޫދު، 26، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މާލޭގެ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހޫދު ހާޒިރުވާން އަންގާފައިވެ އެވެ.