Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އެސްއޯއީ ކޮމިޓީ އަށް އޭސީސީ ހާޒިރު ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން، ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ކޮމެޓީގެ މުގައްރިރު ރައްޔިތުން މަޖލީހުގެ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވީ އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިއަދު ހާޒިރުވެ ޖަވާބުދާރީވާނެ ކަމަށެވެ.

މެންދުރު 12:30 ގައި އޮންނަ މި ކޮމެޓީގެ ބައްދަލުވުން އިވްކުރާނެކަމަށް ވެސް ޝުޖާއު ވިދާޅުވި އެެވެ.

އޭސީސީ ގެ މެމްބަރުން ކޮމިޓީ އަށްް ހާޒިރުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށާއި އެ ކުންފުނިތައް ހަރުދަނާ ކުރަން ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ. އޭސީސީގެ މެންބަރުން އެސްއޯ ކޮމިޓީ އަށް ހާޒިރުކުރާ އިރު، އެ ކޮމިޝަންގެ މެންބަރުން މަސްއޫލިއްޔަތުގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާނުކުރައްވާކަމުގެ ތުހުމަތު ސަރުކާރަށް ނިަްބަތްވާ ބައެއް ބޭފުޅުން ގެންދަވަނީ ކުރައްވަމުންނެވެ.