Last Updated: August 11, 22:39
Monday, August 11, 2025
ޚަބަރު

އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއެއް ހޯދަނީ

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މާކެޓިން، ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވާ އަދި ހިންގުމުގެ ދާއިރާގައި ނުވަތަ މާކެޓިން ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށެވެ.

މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.

އެމްއައިއޭސީގެ ސީއީއޯގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 23 އަށް ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.