Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިމިގްރޭޝަނުން ސައުދީ ސަފީރާ މަޝްވަރާކޮށްފި

އިމިގްރޭޝަނއި ގުޅޭ ތަމްރީނުތައް ސައުދީ އަރަބިއްޔާ އިން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެެ.

މި މަޝްވަރާކޮށްފައި ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމާން ވަހީދު އިއްޔެ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައޫދީއާ ދެމެދު އިމިގްރޭޝަންގެ ދާއިރާއިން ބާއްވަމުން އަންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، އިމިގްރޭޝަނާ ގުޅޭ ތަމްރީންތަކަށް ސަޢޫދީން ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފައިވެ އެވެ.

ރާއްޖެ އާއި ސަޢޫދީ އަކީ ވަރަށް ބަދަހި ގުޅުމެއް އޮންނަ ދެ ގައުމެވެ.