މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ސޮބާހު ރަޝީދު (ފޯކަސް ސޮބާ) ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ސޮބާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ މުޒާހަރާގެ ބައިވެރިންނާއި މުހާޠަބްކޮށް ވާހަކަ ދައްކައި ނިމުނު ތަނާއެވެ
އައްޑޫއަށް ނިސްބަތްވާ ސޮބާ އަކީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި އެންމެ ފޯރިއާއި އެކު ހަރަކާތްތެރިވާ އިސް ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްއޯ ފުލުހުންގެ ދެމީހަކު ގޮސް ސޮބާ ވާހަކަ ދައްކަމުން ދިޔަ އިރު އެ ސަރަހައްދަށް ގޮސް އެއީ ސޮބާތޯ ޔަޣީންކޮށް ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަދައްކާފައިވާ ކަމަށް ތުހުމަތު ކޮށްގެންނެވެ.
ތަފްސީލް އަންނަނީ……