Last Updated: July 18, 16:44
Saturday, July 18, 2026
ޚަބަރު

ވިއްކި ތެލުގައި ފެންހުރި ވާހަކަ ދޮގުކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ވާހަކަ ދޮގުކޮށްފި އެވެ.

އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ. އެ ކުންފުނިން ވިއްކާ ތެލަކީ ކޮލެޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ ހުރިހާ އިންތިޒާމު ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ތެޔޮ ގަނެ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެފްއެސްއެމް އިން ވަނީ އަރުވާފަ އެވެ.

ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.