Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އޮލިމްޕަސް ކެފޭގެ ސީލިން ވެއްޓިއްޖެ

މާލޭގައި ހުންނަ އޮލިމްޕަސް ސިނަމާގެ ކެފޭގެ ސީލިންގުން ބައެއް ރޭ ވެއްޓިއްޖެ އެވެ.

ސީލިން ވެއްޓުނީ ސައިބޯން ތިބޭ މޭޒުތަކެއްގެ މައްޗަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެެއް ނުވެ އެވެ. އަދި ސީލިން ވެއްޓުނީ ކީއްވެގެން ކަމެއް ވެސް ނޭނގެއެވެ.

އޮލިމްޕަސް ކެފޭގެ ސީލުން ވެއްޓުނު އިރު، މިދިޔަ ސަރުކާރުގެ ތެރޭގައި މުޅި އޮލިމްޕަހުގައި ބޮޑެތި މަރާމާތުތަކެއްކޮށް، ޒަމާނީ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

މާލޭގެ މަޖީދީ މަގުގައި ހުންނަ އޮލިމްޕަހަކީ ރާއްޖޭގެ މައި ސިނަމާ އެވެ. ރާއްޖޭގައި އުފައްދާ ދިވެހި އުފައްދާ އަޅުވާ ސިނަމާ އަކީ އެވެ. ފިލްމު އެޅުވުމުގެ އިތުރަށް އޮލިމްޕަހަކީ ތަފާތު އެކި ހަރަކާތްތައް ވެސް ބާއްވަމުން އަންނަ ތަނެކެވެ.

އެތަނުގެ ކެފޭގެ ސީލިން އިން ބައެއް ރޭ ވެއްޓުނު އިރު، ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އެ ކެފޭގައި އެކި ކަންކަމާ ގުޅޭ ގޮތުން ވަގުތު ހޭދަކުރާކަން ފާހަގަކުރެ އެވެ.