Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މާލޭގައި ހުރި ގްރެފިޓީތައް ނައްތާލަން ފަށައިފި

ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން، މާޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފުުލުހުން މިއަދު ފަށައިފި އެވެ.

މިއީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވެ އެވެ.

އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައި ވަނީ އެ ސަރަހައްދުތަކަކީ އާންމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީއާއި ކުޑަކުދިންނާ ނުގުޅޭ ފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ އެވެ. މި މަސައްކަތް މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

މާލެ އަކީ ކުށްމަދު އަމާން ރަނގަޅު ވެއްޓެއް އޮތް ތަނަކަށް ހެދުމަށް ފުލުހުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.