Last Updated: July 14, 12:00
Tuesday, July 14, 2026
ކުޅިވަރު

އިންގްލެންޑްގެ ކޯޗުކަމުން ސައުތްގޭޓް ވަކިވެއްޖެ

އިންގްލެންޑް ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް ވަކިވެއްޖެ އެވެ.

ސައުތްގޭޓް ،53، އިންގްލެންޑްގެ ކޯޗު ކަމުން ވަކިވެފައި މިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން 2-1 އިން ބަލިވެ ކުރިމަތިވި ނާކާމިޔާބީއާއެކު އެވެ. މިއީ ޔޫރޯގެ ފައިނަލުން އިންގްލެންޑް ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގައި ސައުތްގޭޓް އަށް އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ޖުމްލަ 102 މެޗުގައި އިންގްލެންޑަށް އިރުޝާދު ދީފަ އެވެ.

ސައުތްގޭޓް ބުނީ އިންގްލެންޑްގެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބި އަދި އެޓީމަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ޝަރަފެއް ކަމަށާއި އިންގްލެންޑްގެ ޓީމުގައި އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށެވެ. ނަމަވެސް މިއީ ބަދަލަކަށް ބޭނުންވާ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށް ސައުތްގޭޓް ބުންޏެވެ.

ސައުތްގޭޓްގެ އިރުޝާދުގެ ދަށުން ކުޅެ އިންގްލެންޑުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އިންގްލެންޑް ދަތުރުކޮށްފައިވެ އެވެ.