Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

ޖާންވީ އަކީ ޑެޕިއުޓީ އެމްބެސަޑަރެއް

އިންޑިއާ އިން އިނގިރޭސިވިލާތަށް ކަނޑައަަޅާ ޑެޕިއުޓީ އެމްބެސެޑަރެއްގެ ރޯލާ އެކީ ޖާންވީ ކަޕޫރަށް ކުރިމަތިލާން ޖެހޭ ނުރައްކާތެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމު "އުލާޖާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޓްރެއިލާ އިން ޖާންވީގެ މޮޅު އެކްޓިންއެއް ވެސް ފެނިގެންދާ އިރު، މިއީ ވަރަށް ޝައުގެރި ފިލްމަކަށްވާނެކަމުގެ ކުލަވަރު ވަރަށް ބޮޑެވެ.

އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ގުލްޝަން ދެވިއާ، ރޯޝަން މެތިއު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސަޗިން ކެޑެކްރް އާއި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

"އުލާޖް" ގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސުދާންޝޫ ސާރިއާ އެވެ.