Last Updated: August 11, 22:39
Monday, August 11, 2025
ޚަބަރު

އައްޑޫގައި ޕިކްނިކް އައިލޭންޑެއް ހަދަންް ބީލަމަށް

އައްޑޫގައި ޕިކްނިކް އައިލޭންޑެއް ހަދަން ނިންމައި، ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ދަތުރު ދާން ހާއްސަ ރަށް ތަރައްގީ ކުރަން ނިންމާފައި ވަނީ އަައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައި ކަމަށެވެ.

އެހެންވެ އެ ރަށް ޕިކްނިކް އައިލޭންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މ މަހުގެ 31 އާ ހަމައަށެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.

އައްޑޫގައި ޕިކްނިކް އައިލޭންޑެން ހަދަން ނިންމި އިރު، އައްޑޫ ރައްޔިތުން ޕިކްނިކް ދާނެ ތަނެއް ނެތުމަކީ އާންމުންގެ ތެރޭގައި އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ.