Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގައިފި

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ރިޕޯޓްކުރީ ހޯމަ ދުވަހު ކަމަށާއި އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އެގޮތުން މި ފަހުން އެންމެ ގިނައިން މިސްކިތްތަކުން ވަގަށް ނަގާފައި ވަނީ ފަންކާ އެވެ.