Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

"ޕިރު އާއީ ހަސީން ދިލްރުބާ" ނެޓްފްލިކްސް އަށް

މީގެ ތިން އަހަރު ރިލީޒްކުރި ބޮލީވުޑްގެ މަގުބޫލު ރޮމޭންޓިކް ތުރިލާ "ހަސީން ދިލްރުބާ" ގެ ދެވަނަ ބައި އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 9 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "ޕިރު އާއީ ހަސީން ދިލްރުބާ" އެވެ.

ކުރީގެ ބަޔާ އެއްގޮތަށް އާ ފިލްމުގައި ވެސް މުހިއްމު ރޯލުތަކުން ތާޕްސީ ޕައްނީ އާއި ވިކްރާންތު މަސީ ފެނިގެން ދާނެ އެވެ. އަދި ކުރީގެ ބައިގައި ހާޝްވަރުދަން ރާނާ ހިމެނުނު އިރު، ދެވަނަ ބައިގައި ދެން އެންމެ މުހިއްމު ރޯލަކުން ފެންނާނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެވެ.

"ޕިރު އާއީ ހަސީން ދިލްރުބާ" ވެސް ފުރަތަމަ ބައިގެ ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އިރު، ފިލްމު ޑައިރެކްޓްކުރީ ޖޭޕްރާދު ދެސާއި އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ވިނިލް މެތިއު އެވެ.