Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

ދުބާއީ އިޝްތިހާރު ކުރަން ސާރާ އާއި ސައިފް

ދުބާއީ އިޝްތިހާރު ކުރަން ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނާއި ދަރިފުޅު ސާރާ އަލީ ޚާން ބައިވެރިކޮށްގެން އިޝްތިހާރެއް ގެނެސްދީފި އެވެ.

މި އިޝްތިހާރުގައި ދެބަފައިންގެ ހިތްގައިމު ދަތުރުގެ "ލޯބި" އެކިއެކި ވަގުތުތައް ގެނެސްދީފައިވެ އެވެ.

ބައްޕަ ސައިފާ އެކީ ކުރިން ވެސް ސާރާ އިޝްތިހާރެއްގައި މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މިއީ ބޭރު ގައުމެއް އެކީގައި އިޝްތިހާރު ކުރަން ދެބަފައިންނަށް ލިބުނު ފުރަތަމަ ފުރުސަތެވެ. ސާރާ އަކީ ދެބަނޑަށް ހަތަރު ކުދިން ތިބި ސައިފްގެ އެންމެ ދޮށީ ދަރިފުޅެވެ.

މިހާރު ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ ފިލްމު "ކޭދަރުނާތު" އިންނެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "އޭ ވަތަން…މޭރޭ ވަތަން" އެެވެ. ސާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްކައި ފޯސް" އާއި "މެޓްރޯ…އިން ދިނޯ" ހިމެނެ އެވެ.

ބައްޕައާ އެކީ އިޝްތިހާރުތަކެއް ކުޅުމުގެ ފުރުސަތު ލިބުނު އިރު، މަންމަ އަމްރިތާ ސިންގް އާއި މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއާ އެކީ ވެސް ސާރާ އިޝްތިހާރުތަކެއް ކުޅެފައިވެ އެވެ.