Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ހިތާއި، ނާރު ތަކުގެ ބައްޔާއި ގުޅޭ ސްޕެޝަލިސްޓުން އައްޑޫއަށް އަންނަނީ

ހިތުގެ ބަލިތަކާއި ނާރުތަކާއި ގުޅުން ހުރި ބަލިތަކުގެ ހާއްސަ ޑޮކްޓަރުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑްއިން ބުނެފިއެވެ.

އާސަންދައިން ބުނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު ސްޕެޝިލިސްޓުންގެ ހިދްމަތް ދޭން ނިންމާފައިވާ އިރު އެޕޮއިންޓްމެންޓް ހެއްދެވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގެ ފޯނު ނަންބަރު، 6888672 ގުޅުއްވައިގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތުގެ ބައްޔާއި، ނާރުތަކުގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރުން އައްޑޫއަށް ޒިޔާރަތް ކުރަނީ ސަރުކާރުން ސްޕެޝަލިސްޓުން އަތޮޅުތަކަށް ފޮނުވުމަށް ނިންމާފައިވުމާއި ގުޅިގެންނެވެ.