Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަބަލުން އެޑިއުކޭޝަންގެ ނައިބަކަށް

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޠޮލާލްގެ އަނބިކަބަލުން ސ. މަރަދޫ، ސަނީޑޭލް، ޝެރީނާ އަބްދުއް ސަމަދު، އެޑިއުކޭޝަންގެ ނައިބަކަށް ހަމަޖައްސަވައިފިއެވެ.

ތައުލީމީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝެރީނާ ވަނީ މިފަހަރު ބޭއްވި މަރަދޫ ދާއިރާގެ މަޖްލިސް މެމްބަރުކަމަށް ވާދަކުރައްވާފައެވެ. މަޖްލިސް އިންތިހާބަށް ކުރިމަތި ލެއްވި އިރު އެކަމަނާ ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އެޑިއުކޭޝަންގެ ނައިބް ކަމަށް ޝެރީނާ ހަމަޖެއްސެވި އިރު މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު މަސައްކަތް ކުރައްވައެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ މުސާރައަށް ގާތްގަޑަކަށް 4 ލައްކައެއްހާ ރުފިޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ދަނީ ހަރަދު ކުރައްވަމުންނެވެ.