Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކުރީގެ ރައީސް އިބޫގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިބޫ) މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަަހާރަވެއްޖެ އެވެ.

މުއުމިނާ، 80، އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އެވެ.

ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ ވެސް މޫމިނާގެ ދަރިކަލެކެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ސެކްރެޓަރީކަން ވެސް ކުރެއްވި ފާތުމަތު ސޯލިހަކީ ވެސް މޫމިނާގެ ބޭފުޅުންނެވެ.

އެ އާއިލާ ނިސްބަތް ވަނީ ޅ. ހިންނަވަރަށެވެ.

އިބޫގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނު ނިސްވަތްވާ އެމްޑީޕީން އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.