Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިބޫގެ އާއިލާ އަށް ރައީސް މުއިއްޒުގެ ތައުޒިޔާ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު މިއަދު އަވަހާރަވުމާ ގުޅިގެން، އާއިލާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ އަށް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިބޫ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.

މުއުމިނާ، 80، އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އެވެ.