Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ބަނގުރާ ފުޅިތަކަކާ އެކީ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާ އެކީ ހުުޅުމާލެ އިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނައާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށެވެ. ހުޅުމާލެ ގުލްޒާރުމާ ހިނގުމުން އެ މީހާ ހުއްޓުވައި، ގެންގުޅުނު ދަބަސް ބަލައި ފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 20 ފުޅި ފެނިފައިވެ އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.