Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފޭދޫ ބިން ހިއްކާނެ ފަރާތެއް ހޯދަނީ

ސ. ފޭދޫގެ ބިންހިއްކާނެ ފަރާތެއްހޯދުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ކަމަށެވެ.

ބިން ހިއްކުމުގެ ޕްރީބިޑް މީޓިން މިމަހު 12 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު ބީލަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ފޭދޫ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިދިޔަ އެޕްރީލް 20 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރ އަދީބް ވަނީ ފޭދޫ ބިން ހިއްކުމަކީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވެސް ނިންމާފައި އޮތް ކަމެއް ކަމަށާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭ ފެށިގެން ދާނެކަމަށް ވިދާޅުވެފައެވެ.

ފޭދޫ ބިން ހިއްކުމުގެ ކުރިން ކުރަން ޖެހޭ ސާވޭގެ މަސައްކަތް ދާދި ފަހުން ނިންމާފައިވާއިރު ބިމުގެ ދަތިކަމުގެ މައްސަލައިގައި ފޭދޫގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.