Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ސިފައިންގެ ދުވަހާއި ގުޅިގެން އައްޑޫގައި ބޮޑު ދުވުމުގެ އިވެންޓެއް ބާއްވަނީ

ސިފައިންގެ 123 ވަނަ އަހަރީ ދުވަހާއި ގުޅިގެން އައްޑޫ ގައި ދުވުމުގެ ބޮޑު އިވެންޓެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ދުވުން އޮންނާނީ 2015 މެއި 16 ވާ ހޮނިހިރު ދުވަހު 16:00 އިން 18:00 އަށެވެ. ދުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަރަދޫ ފުޓްބޯޅަ ދަނޑުން ފެށިގެން ލިންކްރޯޑުން، ފޭދޫ ފުޓްބޯޅަ ދަނޑަށް ނިންމާގޮތަށެވެ.

މިދުވުމުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ދުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަރަދޫ ފުޓްބޯޅަ ދަނޑަށް ވަޑައިގެންނެވުމުން ބައިވެރިވެވޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

123 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އައްޑޫ ސިޓީގައި ބާއްވާ މި ދުވުމުގެ ކަންތައްތައް އިންތިޒާމްކޮށް ހަމަޖައްސަމުން ގެންދާނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ބެލުމުގެ ދަށުންނެވެ. މި ދުވުމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9904242 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ