Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރައީސްގެ ހާއްސަ ސްކޮލަޝިފް 19 ދަރިވަރަކަށް

މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް 19 ދަރިވަރަކަށް ލިބިއްޖެ އެވެ.

ދަރިވަރުންނަށްް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހައި އެޗީވާސްއަށް އެވޯޑް ދޭން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އޭ ލެވެލް އިމްތިހާނުގައި ރައީސްގެ ސްކޮލަޝިޕް ލިބުނީ މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށެވެ. އެއީ ސެންޓަ ފޯ ހަޔާ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރަކަށެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެ އިމްތިހާނުތަކުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް، ފަސް މާއްދާއަކުން "އޭ ސްޓާ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލާޝިޕެކެވެ.