Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހައި އެޗީވާސް ސްކޮލަޝިޕް 117 ދަރިވަރަކަށް

މި އަހަރު ހައި އެޗީވާރސް ސްކޮލާޝިޕްގެ 117 ދަރިވަރުންނަށް ލިބިއްޖެ އެވެ.

ހައި އެޗީވާސް ސްކޮލާޝިޕް ލިބެނީ އޭ ލެވެލް އިމްތިހާނުގައި އިސްލާމާއި ދިވެހި ހިމަނައިގެން 5 މާއްދާއަކުން "އޭ" ނުވަތަ އެއަށް ވުރެ މަތީ ގްރޭޑެއް ކާމިޔާބުކުރާ ދަރިވަރުންނަށެވެ.

ރޭ ބޭއްވި ހަދުލާފައި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސްކޫލު މަރުުހަލާގައި ދަރިވަރުން ހޯދި ފަދަ ރަން ވަނަތައް މަތީ ތައުލީމީ ހަޔާތުގައި ވެސް ހޯދުމަށް އެދިވަޑައިގެންފަ އެވެ. އަދި ކިޔަވައި ގައުމަށް ހިދުމަތްކޮސް ދެއްވުމަށް ވެސް ގޮވާލެއްވި އެވެ.