Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މުލީގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

މ. މުލީގެ ކަރަންޓު މައްސަލަ ހައްލުކޮށްފި އެވެ.

މުލިން ކަރަންޓު ކެނޑުނީ މިދިޔަ ބުދަ ދުވަހު ހެނދުނެވެ. އެ ރަށަށް އަލުން ކަރަންޓު ދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެ ރަށުން ކަރަންޓު ކެނޑުނީ ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ ދިމާވި ވަގުތުން ފެށިގެން ޓީމުތަކުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށި ކަމަށް ފެނަކަ އިން ބުނެ އެވެ.

މުއްޔަށް އަލުން ކަރަންޓު ދީފައިވަނީ ފެނަކަ އިން ފޮނުވި 600 ކިލޮވޮޓްގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު އެވެ.