Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އިސްލާމިކް މިނިސްޓަރ ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

ޝަހީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝަހީމް އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުން އިސްތިއުފާ ދެއްވަން އެ ޕާޓީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަންގައިފަ އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމީ، އެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެންނެވެ.