Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ބަނގުރާގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ބަނގުރާގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދާ މީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޓަފްޖޮލް މިޔާ، 23، އެވެ.

އޭނަ ހޯދަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް ދޭއްް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

އެހެންވެ ޓަފްޖޮލްއާ ބެހޭ އެއްވެސް މައުލޫމާތެއްވާ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.