Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިތަދޫގެ ގޮނޑުދޮށް ސާފުކޮށްފި

އައްޑޫ ހިތަދޫ ގޮނޑުދޮށް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ވެމްކޯއިން އިސްނަގައިގެން އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތުގައި ސަދަން އެ ސިފައިންނާއި ހިތަދޫގެ ސްކޫލުތަކާއި އެހެނިހެން މުއައްސަސާތަކުން ވެސް ބައިވެރިވި އެވެ.

އެ ހަރަކާތުގައި އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ސަރަހައްދުން ވަނީ، އުކާލާފައިވާ ގިނަ އަދަދެއްގެ ޕްލާސްޓިކާއި ބިއްލޫރި ފަދަ ތަކެތި ނަގައި ސާފުކޮށްފަ އެވެ.